Wednesday, May 8, 2013

މަލްޓިމީޑިއާ ރިޕޯޓް



ފިހްރިސްތު
ފެށުން:................................................................................................................ 2
މަލްޓިމީޑިއާގެ ތަޢާރަފް:............................................................................................. 3
ކިޔަވައިދިނުމުގައި މަލްޓިމީޑިއާގެ ދައުރު:......................................................................... 3
މަލްޓިމީޑިއާ ބޭނުން ކޮށްގެން ކިޔަވައި ދިނުމުގައި ހުރި......................................................... 4
ގްރޫޕުން ތައްޔާރުކުރި މަލްޓިމީޑިއާގެ ތަޢާރަފް:................................................................... 5
\[ވެބްލަރނިންގެ] މައިގަނޑު މަޤްޞަދުތައް:.................................................................... 5
\[ވެބްލަރނިންގ] ގައި ހިމެނޭ ބައިތައް::..........................................................................5
\[ވެބްލަރނިންގ] އާ އެހެން ޓޫލްތަކާ ހުރިތަފާތު:................................................................6
ކިޔަވައި ދިނުމުގައި [ވެބްލަރނިންގ] ފައިދާތައް:.................................................................6
ކިޔަވައި ދިނުމުގައި [ވެބްލަރނިންގ] ބޭނުން ކުރެވޭގޮތް:........................................................6
ކިޔަވައި ދިނުމުގައި އިންޓަނެޓް ބޭނުންވުން:........................................................................7
ކިޔަވައިދިނުމުގައި މިޓޫލް ބޭނުންކުރުމުން ހުރި ފައިދާތައް:......................................................8
އިންޓަނެޓް ބޭނުން ކުރުމުގެ އަޚްލާޤީ މިންގަނޑުތަކަށް ހޭނުވުން:...............................................8
މަލްޓިމީޑިއާގެ ސަބަބުން ކިޔަވައިދިނުމަށް ކުރިމަގުގައި އަންނާނެ ބަދަލުތައް:..................................8
ނިންމުން:..............................................................................................................9

ފެށުން
         ޙަމްދާއި ޝުކުރުކުރަނީ، އިސްލާމްދީނަކީ ކިޔެވުމާއި އުނގެނުމުގެ ދީންކަމުގައި ލެއްވި اللهސުބުހާނަހޫ ވަތަޢާލާއަށެވެ. ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާ ކުރަނީ މިދުނިޔެދުށް އެންމެ ޤާބިލު އަދި އެންމެ ކުޅަދާނަ މުދައްރިސް މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމައަށެވެ. މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލުންނާއި އަޞްހާބުން ޝާމިލުކުރަމެވެ.
         އުނގެނުމާއި އުނގަންނައިދިނުމަކީ ދުނިޔޭގެ އެންމެ ޤަދީމީ ތާރީޚުން ފެށިގެންވެސް ކުރަމުން އައިސްފައިވާކަމެކެވެ. އެކިދުވަސްވަރު އެކިގޮތަށެވެ. ކަނޑާ ނަގާފައިވާ ހިލަތަކާއި ކިޔަމުން އަންނަ ޒަމާންވީ ޅެންތަކާއި ވާހަކަތަކުން އެކަން އެނގިގެން ދެއެވެ. އެންމެ ކުރީ ޒަމާނުން ފެށިގެންވެސް، އުނގެނުމާއި އުނގަންނައިދިނުމުގައިއާގޮތްތައް ދިޔައީތަޢާރަފުކުރަމުންނެވެ.އަދި ދަރިވަރުންއެންމެ ބޮޑަށް ޝައުޤު ވެރިވާނެ ގޮތަކީ ކޮބައިތޯ ވެސް ދިޔައީ ބަލައި ދިރާސާކުރަމުންނެވެ. ޚާއްޞަކޮށް ޒަމާނީ ޓެކްނޮލޮޖީ ދުނިޔެއަށް ތަޢާރަފުވެ ޢާއްމުވުމާ ގުޅިގެން ކުރެވިފައިވާ އަދި ކުރަމުންދާ ދިރާސާތަކާއި ހޯދޭ ހޯދުންތައް ގިނައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ވަރަށްގިނަ ގައުމު ތަކުގައި ކިޔައިދިނުމުގައި ގެންގުޅުނު ގޮތްތަކާއި އުސޫލުތަކަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން، އުނގެނުމާއި އުނގަންނައިދިނުމަށް ލިބުނު އެންމެ ބޮޑު ފަސޭހައަކީ ،މަލްޓިމީޑިއާގެ ވަސީލަތްތައް ބޭނުން ކޮށްގެން ކިޔަވައިދެވޭނެ މަގު ތަނަވަސް ވުމެވެ.
        މިރިޕޯޓަކީ، ބެޗްލަރ އޮފް ޓީޗިންގ އިސްލާމް (ބީ.ޓީ.އައި ) މިކޯހުގެ ތިންވަނައަހަރުގައި ކިޔަވާ ދަރިވަރުންގެ ފުރަތަމަ ސެމިސްޓަރގެ އެއްމާއްދާ ކަމުގައިވާ[މަލްޓިމީޑިއާ ފޮރ ޓީޗާސް] މިމާއްދާއިން އަޅުގަނޑުމެންގެ ގްރޫޕުން ތައްޔާރުކުރި އެސައިންމެންޓެ މައްޗަށް ބިނާކޮށް،އަޅުގަނޑު އަމިއްލައަށް އެކުލަވާލި ރިޕޯޓެކެވެ. މިރިޕޯޓުގައިއަޅުގަނޑު ބަލައިލާފައިވާނީ އަޅުގަނޑުމެން ގްރޫޕުން ނެގި މަލްޓިމީޑިއާ ޓޫލް ބޭނުން ކޮށްގެން ކްލާސް ރޫމެއްގައި ކިޔަވައި ދެވިދާނެ ގޮތްތަކާ ބެހޭގޮތުންނެވެ.
        މިއެސައިންމަންޓު ތައްޔާރުކުރުމުގައި މައުލޫމާތު ހޯދާފައިވާނީ، މިމާއްދާގެ ލެކްޗަރ (އިބްރާހިމް ނިސްރީން) ދެއްވި އަތްމަތީ ކަރުދާސްތަކުންނާއި ބައެއް ވެބްސައިޓްތަކުންނެވެ.

މަލްޓިމީޑިއާގެ ތަޢާރަފް: 
         މަލްޓީމީޑިއާއަކީ،ވީޑިއޯއާއި  އޯޑިއޯއާއި ގްރެފިކްސްއާއި  އެނިމޭޝަނާއި އަދި ޓެކްސްޓް ފަދަ މަޢުލޫމާތުތައް ފޯރު ކޮށްދޭ އިލެކްޓްރޯނިކު ވަސީލަތެކެވެ. މިމަޢުލޫމާތުތައް ފޯރު ކޮށްދިނުމުގައި ޢާއްމުކޮށް ބޭނުން ކުރެވޭ އިލެކްޓްރޯނިކް ވަސީލަތްތަކުގެ ތެރޭގައި ހިމެނެނީ،ކޮމްޕިޔުޓަރުގެ އިތުރުން  ލެޕްޓޮޕާއި ޓެބްލެޓް ފަދަ ވަސީލަތްތަކެވެ. މިވަސީލަތްތަކުގެ އިތުރުން އައިޕޮޑާއި އައިޕެޑްގެ އިތުރުން ސްމާޓްފޯނާއި ސްމާޓްބޯޑް ފަދަ ވަސީލަތްތައްވެސް ހިމެނެއެވެ.
ކިޔަވައިދިނުމުގައި މަލްޓިމީޑިއާގެ ދައުރު:
         އަދުގެ ދުނިޔޭގައި ދަރިވަރުންނާއި މުދައްރިސުން ގުޅުވައިދޭ އެންމެ މުހިންމު ވަސީލަތަކީ، މަލްޓިމީޑިއާއޭ ދަންނަވަން ޖެހެއެވެ.އެކަމުގެ ހެއްކަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި އައިސީޓީ ކްލާސްރޫމްތައް ބޭނުން ކޮށްގެން ކިޔަވައިދެމުންދާކަމެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އާއްމު ކްލާސްރޫމެއްގައި ކިޔަވައި ދިނުމަށްވުރެ އައިސީޓީ ކްލާސްރޫމްތައް ބޭނުން ކޮށްގެން ކިޔަވައި ދިނުމުން ދަރިވަރުންގެ ނަތީޖާ ރަނގަޅު ވެއެވެ. އޭގެ މައިގަނޑު ސަބަބަކީ އެފަދަ ކުލާސްރޫމް ތަކުގައި ކިޔަވައިދޭނަމަ ކުދިންގެ ޝައުޤުވެރިކަން އިތުރު ވުމާއެކު ހަނދާނުގައި ހަރުލައްވަން ފަސޭހަވެއެވެ. ރޮގަރ ސްލެކް (1999) ހާމަކުރައްވާ ގޮތުގައި މަލްޓިމީޑިއާގެ ސަބަބުން ޓީޗަރުންގެ ކިޔަވައިދިނުމަށާއި ދަރިވަރުންގެ ނަތީޖާއަށް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. އަދި މަލްޓިމީޑިއާގެ ސަބަބުން ޓެކްނޮލޮޖީގެ ދާއިރާއަށް  ދަރިވަރުންވަނީ ލޯހުޅުވިފައެވެ.

         މަލްޓިމީޑިއާގެ ކްލާސްތައް ހިންގުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރާ އެއްވަސީލަތަކީ، އިންޓަނެޓްކަން ޔަޤީނެވެ. އެހެންކަމުން އިންޓަނެޓަކީ ކޮބައިތޯ އެބަ ބަލައިލަން ޖެހެއެވެ.އިންޓަނެޓަކީ، ދުނިޔޭގެ އެކި ހިސާބުތަކުގައި ހުއްނަ ކޮމްޕިއުޓަރ ވިއުގަތައް އެކަތި އަނެކެއްޗާއި މުއާސަލާތީ ގޮތުން ގުޅާލުމަށް ނުވަތަ އެއް ކޮމްޕިއުޓަރ އަނެއް ކޮމްޕިއުޓަރާއި  މުއާސަލާތީ ގޮތުން ގުޅާލުމަށް ބޭނުންކުރާ އިލެކްޓްރޯނިކް ވިއުގައެވެ. މީގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުން މައުލޫމާތު ހޯދައި އަދި ބޭނުން މައުލުމާތެއް ފަސޭހަކަމާއި އެކު އެއްކޮއްލުމަށް ދަރިވަރުނަށް އެހީވެދެއެވެ.  އަދި ދަރިވަރުން ކިޔެވުމަށް ހޭދަކުރާ ވަގުތު ގިނަވެއެވެ.
މަލްޓިމީޑިއާ ބޭނުން ކޮށްގެން ކިޔަވައިދިނުމުގައި ހުރި ފަސޭހަތަކާއި ފައިދާތައް:
         މަލްޓިމީޑިއާގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނަށް ވަނީ ގިނަގުނަ ފަސޭހަތަކެއް ލިބިގެން ގޮސްފައެވެ. ދަރިވަރުން ޝައުޤުވެރި ވާފަދަ ގޮތަކަށް ކިޔަވައިދިނުމުގެ ފަސޭހަކަން މުދައްރިސުންނަށް ލިބިފައިވާއިރު ބުރަ ދަބަސްތައް އުފުލަން ނުޖެހުމުގެ ހިތްހަމަޖެހުން ދަރިވަރަށްވެސް ވަނީ ލިބިފައެވެ. ސްމާޓް ބޯޑާއި ޓެބްލެޓާއި ލެޕްޓޮޕް ފަދަ ވަސީލަތްތައް ބޭނުން ކޮށްގެން ކިޔަވައި ދިނުމުން ދަރިވަރުންނަށް ކުރާ ފައިދާ މާބޮޑަށްވެސް އިތުރުވެގެން ދެއެވެ. ސަބަބަކީ އަޑާއި މަންޒަރާ އެކުގައި ފެނުމުން ކުދިންގެ ޝައުޤުވެރިކަން އިތުރު ވެގެން ދާތީއެވެ. ވޯލްގްރާމް (1994) އާ ޙަވާލާ ދެއްވައި ޖޭމްސް އެލްމޯލަރ (2001) ބަޔާން ކުރައްވާ ގޮތުގައި 15 އިން ސައްތަ ކުދިންނަކީ އަޑުއަހައިގެން ދަސްކުރާ ކުދިންނެވެ.  25 އިން ސައްތަ ކުދިންނަކީ ފެންނަ ކަންތަކުން ދަސްކުރާ ކުދިންނެވެ.   60 އިން ސައްތަ ކުދިންނަކީ އަމިއްލައަށް ތަޖުރިބާ ކޮށްގެން ދަސްކުރާ ކުދިންނެވެ. ސްމާޓް
ބޯޑު ފަދަ ވަސީލަތްތަކުން މިހުރިހާ ބޭނުންތަކެއްވެސް ފުދެއެވެ. އަދި މިފަދަ ވަސީލަތްތަކުގެ ސަބަބުން ހެޔޮގޮތުގޮތުގައި

ހިފެއެވެ. މފަދަ ވަސީލަތްތައް ބޭނުން ކޮށްގެން ކިޔަވައި ދިނުމުން ލިބޭ އަނެއް ފަސޭހައަކީ ވީޑިއޯ ކޮންފަރެންސްގެ ޒަރީޢާއިން މާދުރުގައި ހުންނަ މުދައްރިސް ލައްވާވެސް ފިލާވަޅު އޮޅުން ފިލުވުމުގެ ފުރުޞަތު ތަނަވަސް ވުމެވެ. މަލްޓިމީޑިއާގެ ސަބަބުން ލިބޭ އަނެއް ފަސޭހައަކީ ގޭގައި ނުވަތަ ރަށުގައި ތިބެގެން އޮންލައިން ކޯސްތަކުގައި ބައިވެރިވެ ކިޔެވުން ކުރިއަށް ގެންދިއުމުގެ މަގު ތަނަވަސް ވުމެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ވެސް  އޮންލައިން ކޯސްތައް ހިންގަމުންދާކަމީ، އަތޮޅު ތަކުގައި ކިއަވަމުންދާ ދަރިވަރުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައަކަށް ވުމުގެ އިތުރުން ސަލާމަތް ކުރެވިގެންދާ ވަރަށް ގިނަ ވަގުތު ތަކަކާއި ފައިސާތަކެކެވެ.

އަޅުގަނޑުމެންގެ ގުރޫޕުން ތައްޔާރުކުރި މަލްޓިމީޑިއާގެ ޓޫލްގެ ތަޢާރަފް:
      އަޅުގަނޑުމެން ގްރޫޕުން ތައްޔާރުކުރި ޓޫލަށް ކިޔާ ނަމަކީ [ވެބް ލާރނިންގ،ވަރސަން 1.0.1] އެވެ.މި ޓޫލް ތައްޔާރު ކޮށްފައިވަނީ  ސްމާރޓް ބޯޑްގައި ކިޔަވައިދިނުމަށެވެ. އެހެން ނަމަވެސް،ޓެބްލެޓާއި ގެލެކްސީ ނޯޓްފަދަ ޒަމާނީ ވަޞީލަތްތަކުގައި ވެސް މިޓޫލްބޭނުންކުރެވޭނެ އެވެ.
[ވެބް ލަރނިންގ]ގެ މައިގަނޑު މަޤުޞަދު:
މިވެބް ލަރނިންގެ މައިގަނޑު މަޤްޞަދު ތަކުގެތެރޭގައި ހިމެނެނީ، އުނގަންނައިދިނުމުގައިކުދިންޝައުޤުވެރިވާއާގޮތެއްތަޢާރަފު ކުރުމާއި ޒަމާނީ ޓެކްނޮލޮޖީއަށް އަންނަމުންދާ އަވަސް ބަދަލާއެކު ޓެބްލެޓްފަދަ ވަޞީލަތްތަކުގައި ކިޔަވައި ދިނުމަށް އާވިސްނުމެއް ތަޢާރަފް ކުރުމެވެ.
[ވެބް ލަރނިންގ]ގައި އެކުލެވޭ ތަފާތު ބައިތައް:
         ވެބްލަރނިންގ ހުޅުވާލާއިރު ފުރަތަމަ ޞަފުޙާ އިސްލާމްފޮތުގައި ހިމެނޭ ހަތް ބައިގެ ނަންތައް ލިޔެވިފައ ވާނެއެވެ. އެބައިތަކަކީ،1-ޤުރްއާން 2- ޙަދީޘް 3- އިސްލާމީ ޢަޤީދާ 4- އިސްލާމީ ފިޤުހް 5-އިސްލާމީ ތާރީޚާއި ޙަޟާރާ 6- އިސްލާމީ ޘަޤާފާ  7- އިސްލާމީ އަޚުލާޤު އެވެ. އަދި މީގެ އިތުރުން  މުރާޖަޢާގެ ބައެއް ހިމެނިފައިވާނެއެވެ. މިބައިތަކުން ބޭނުންވާ ބަޔަކަށް ކްލިކް ކޮށްލުމުން އެބަޔަކަށް ވަދެވޭނެއެވެ. އަދި އެއިން ކޮންމެ ބައެއްގައި އެބައިގައި ހިމެނޭ ފިލާވަޅުތަކުގެ ނަންތައް ލިޔެވިފައި ވާނެއެވެ.  ބޭނުން ފިލާވަޅަކަށް ކްލިކް ކޮށްލުމުން އެފިލާވަޅަކަށް ވަދެވޭނެއެވެ. މުރާޖަޢާގެ ބައިގައި ފިލާވަޅު މުރާޖަޢާ ކުރުމަށް ބޭނުންވާ ބައިތައް ހިމެނިފައި ވެއެވެ. އޭގެ ތެރޭގައި ޓެސްޓާއި ގޭމާއި ކުއިޒުގެ އިތުރުން ޚުލާސާއާއި އަވަސް ޖަވާބު ހިމެނެއެވެ. މިތަނުން ބޭނުން ބަޔަކަށް ކްލިކް ކޮށްލުމުން އެބަޔަކަށް ވަދެވޭނެއެވެ.
ü           

[ވެބް ލަރނިންގ] އާއި އެހެނިހެން މިފަދަ ޓޫލްތަކާއި ހުރި ތަފާތުތައް:
         މިފަދަ އެހެން ޓޫލްތައް ބޭނުން ކުރާނަމަ އިންޓަނެޓަކީ ކޮންމެހެންވެސް ހުންނަން ޖެހޭ އެއްޗެކެވެ. އިންޓަނެޓް ނެތްނަމަ އެފަދަ ޓޫލްތައް ބޭނުމެއް ނުކުރެވެއެވެ. އަދި  އެހެން ވަޞީލަތަކަށް ބޭނުން ވުމުގެ އިތުރުން  ދަސްކޮށްގެން މެނުވީ  ބޭނުމެއް ނުކުރެވެއެވެ. ނަމަވެސް [ވެބް ލަރނިންގ] ބޭނުން ކުރާ އިރު އިންޓަނެޓް ބޭނުން ކުރަން ނުޖެހުމުގެ އިތުރުން ބޭނުންކުރަން ފަސޭހައެވެ. ދަސްކުރުމަށް ވަގުތު ހޭދަކުރާކަށް ނުޖެހެއެވެ.
ކިޔަވައިދިނުމުގައި މިޓޫލް ބޭނުންކުރުމުން ހުރި ފައިދާތައް:
         ކިޔަވައިދިނުމުގައި މިޓޫލް ބޭނުންކުރުމުން ލިބޭ ފައިދާތަކުގެ ތެރޭގައި ޝައުޤުވެރި އުނގެނުމަކަށް މަގުފަހިވުމާއި  ގިނަ ފޮތްތަކެއް އުފުލަން ނުޖެހުމާއި ވަގުތު ސަލާމަތްވުމުގެ އިތުރުން  ޚަރަދު ކުޑަ ވަޞީލަތަކަށް ވުމާއި  ފަސޭހައިން ފިލާވަޅުތައް ރައްކާކުރެވޭ ވަޞީލަތަކަށް ވުން ހިމެނެއެވެ.

ކިޔަވައިދިނުމުގައި މިޓޫލް ބޭނުންކުރެވޭގޮތް:
        ކިޔަވައިދިނުމުގައި މިޓޫލުބޭނުން ކުރެވޭނީ ސްމާޓްބޯޑްގައެވެ. އިސްލާމް ފޮތުގައި ހިމެނޭ ބައިތަކުގެ ތެރެއިން އެދުވަހަކު ކިޔަވައިދޭން ބޭނުންވާ ބަޔަކަށް ކްލިކް ކޮށްލާނީއެވެ. އޭރުން އެބަޔަކަށް ވަދެވޭނެއެވެ. މިސާލަކަށް، ފިޤްހުގެ ބައިގެ ފިލާވަޅެއް ކިޔަވައިދޭން ބޭނުންވާނަމަ އެބަޔަށް ކޮލިކް ކޮށްލުމުން އެބަޔަށް ވަދެވޭނެއެވެ. އަދި އެބައިން ކިޔަވައިދޭން ބޭނުންވަނީ ކައިވެނީގެ ފިލާވަޅު ކަމުގައިވާނަމަ، އެފިލަވަޅަށް ކްލިކް ކޮށްލުމުން އެފިލާވަޅު ހުޅުވޭނެއެވެ. ފިލާވަޅުގައި ހިމެނޭ އާޔަތްތަކާއި ޙަދީޘްފުޅުތައް އަޑާއެކު ކުދިންނަށް ކިޔަވައިދޭން ބޭނުންވާނަމަ، އެއާޔަތް ނުވަތަ ހަދީޘް ފާހަގަކޮށް ސައުންޑަށް ކްލިކް ކޮށްލުމުން އަޑާއެކު ކިޔައިދޭނެއެވެ. އެގޮތަށް މުޅި ފިލާވަޅު އެކީގައި ހުށައަޅައިދެވޭނެއެވެ.
ކިޔަވައިދިނުމުގައި އިންޓަނެޓުގެ މުހިއްމުކަން:
          މަލްޓިމީޑިއާގެ ކްލާސްތައް ހިންގުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރާ އެއްވަސީލަތަކީ، އިންޓަނެޓްކަން ޔަޤީނެވެ. އެހެންކަމުން އިންޓަނެޓަކީ ކޮބައިތޯ އެބަ ބަލައިލަން ޖެހެއެވެ. އިންޓަނެޓަކީ، ދުނިޔޭގެ އެކި ހިސާބުތަކުގައި ހުންނަ ކޮމްޕިއުޓަރ ވިއުގަތައް އެކަތި އަނެކައްޗާއި މުއާސަލާތީ ގޮތުން ގުޅާލުމަށް ނުވަތަ އެއް ކޮމްޕިއުޓަރ އަނެއް ކޮމްޕިއުޓަރާއި  މުއާސަލާތީ ގޮތުން ގުޅާލުމަށް ބޭނުންކުރާ އިލެކްޓްރޯނިކް ވިއުގައެވެ. މީގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުން މައުލޫމާތު ހޯދައި އަދި ބޭނުން މައުލުމާތެއް ފަސޭހަކަމާއި އެކު އެއްކޮއްލުމަށް ދަރިވަރުނަށް އެހީވެދެއެވެ.  އަދި ދަރިވަރުން ކިޔެވުމަށް ހޭދަކުރާ ވަގުތު ގިނަވެގެންދެއެވެ. އަދި ގޭގައި ތިބެގެން އިންޓަނެޓް މެދުވެރިކޮށް އައިސީޓީ ކްލާސްތަކާއި އޮންލައިން ކޯސްތަކުގައި ބައިވެރި ވެވެއެވެ. އަދި ބޭނުންވާ މައުލޫމާތެއް ފަސޭހަކަމާއެކު  އިންޓަނެޓުން ހޯދާއި ލެވެއެވެ.  އެގޮތުން ކިޔަވައިދެއްވާ މުދައްރިސުންގެ ބްލޮގުން މައުލޫމާތު ނެގުމުގެ އިތުރު ގެއްލޭ ފިލާވަޅުތައްވެސް، ބްލޮގު މެދުވެރި ކޮށް ލިބިގެން ދިއުމަކީ  ދަރިވަރުންނަށް ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކާއި ފަސޭހައެކެވެ. ޑޭވިޑް ނަގެލް (2009) ހާމަކުރައްވާ ގޮތުގައި އެމެރިކާގައި ގާތްގަނޑަކަށް ބާރަމިލިއަން ޕޯސްޓް ސެކަންޑަރީ ދަރިވަރުން އޮންލައިންކޮށް ކިޔަވަމުން ގެންދެއެވެ. އަދި ލައިބްރަރީތަކަށް ދިއުމުގެ ބަދަލުގައި އީބުކްސްގެ އެހީގައި މައުލޫމާތު ހޯދާލުމުގެ ފަސޭހަކަން މިއަދު ވަނީ ލިބިފައެވެ. އަދި ބޮޑެތި ބަރު ދަބަސްތައް އުފުލުމުގެ ބަދަލުގައި ލެޕްޓޮޕް ނުވަތަ ޓެބްލެޓްފަދަ ވަސީލަތްތައް ބޭނުން ކޮށްގެން ކިޔަވައި ދިނުމުގެ ފަސޭހަކަން ލިބިގެން ދިއުމަކީ ކިޔަވާ ކުދިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއްކަން ޔަޤީނެވެ.


އިންޓަނެޓް ބޭނުން ކުރުމުގެ އަޚްލާޤީ މިންގަނޑުތަކަށް ހޭނުވުން:
         ގުނައި އަދަދު ނުކުރެވޭފަދަ ގިނަގުނަ ފައިދާތަކެއް އިންޓަނެޓުން ލިބިގެން ދިޔަކަމުގައިވިއަސް، ރަނގަޅު ނޫންގޮތުގައި ބޭނުން ކޮށްފިނަމަ، އިންޓަނެޓުން ލިބޭ ގެއްލުން ވަރަށްވެސް ބޮޑެވެ. އެހެންކަމުން މިފަދަ ވަސީލަތްތައް ކުދިންގެ އަތްމައްޗަށް ދޫކޮށްލާއިރު ބެލެނިވެރިންނާއި ޓީޗަރުން އަދާކުރަންޖެހޭ ޒިންމާ ވަރަށްވެސް ބޮޑެވެ. ގޭގައިނަމަ ކުދިން ކުރާ ކަންތައް ބެލެނިވެރިން ވަރަށް  ގާތުން ބަލަންޖެހެއެވެ. ސްކޫލުގައިނަމަ އެޒިންމާ އަދާކުރަން ޖެހޭ ފަރާތަކީ މުދައްރިސުންނެވެ. މުދައްރިސުންނާއި ބެލެނިވެރިންގެ ޒިންމާ ފުރިހަމައަށް އަދާ ނުކުރެވިއްޖެނަމަ، ހީނުކުރާ ފަދަ ބޮޑެތި ގެއްލުންތަކެއް ދަރިވަރުންނަށް ލިބިގެންދާނެ ކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. އިންޓަނެޓަކީ ދެމިޔަލީ ކަނޑިއެއްފަދަ އެއްޗެކެވެ. ރަނގަޅު ގޮތުގައި ބޭނުން ކޮށްފިނަމަ އިންޓަނެޓުން ހީނުކުރާ ފަދަ ބޮޑެތި ފައިދާތައް ލިބެމުންދާއިރު، ރަނގަޅު ނޫން ގޮތުގައި ބޭނުން ކޮށްފިނަމަ ހީނުކުރާ ފަދަ ބޮޑެތި ގެއްލުން ތައްވެސް ލިބިދާނެއެވެ. ޚާއްޞަކޮށް ކުދިންގެ އަޚްލާޤަށް އަސަރުކުރާ ފަދަ ސައިޓްތަކަށް ކުދިން ވަންނަން ފަށައިފި ނަމަ އެކުދިން ގޯޅިއަޅާކަށް ލަހެއް ފަހެއް ނޯންނާނެއެވެ. އެހެން ކަމުން އިންޓަނެޓުގެ ބޭނުން ކުރުމުގެ ފުރުޞަތު ކުދިންނަށް ދޭނަމަ، އެފަދަ ސައިޓުތަކަށް ނުވަދެވޭގޮތް ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ.
 މަލްޓިމީޑިއާގެ ސަބަބުން ކިޔަވައިދިނުމަށް ކުރިމަގުގައި އަންނާނެ ބަދަލުތައް:
         ފަސޭހަގޮތް އިޚްތިޔާރު ކުރުމަކީ އިންސާނުންގެ ތަބީޢަތް ކަމުގައިވާއިރު، އުނގެނުމާއި އުނގަންނައި ދިނުމުގައިވެސް ފަސޭހަގޮތް އިޚްތިޔާރު ކުރުމަކީ ނުވެ ނުދާނެ ކަމެއްކަން ޔަޤީނެވެ. ކުރިމަގަށް ބަލާއިރު ބޮޑެތި ބުރަ ދަބަސްތައް އުފުލުމުގެ ބަދަލުގައި ކޮންމެ ދަރިވަރަކުވެސް ކުލާހަށް ގެންދާނީ ލެޕްޓޮޕެއް ނުވަތަ ޓެބްލެޓެއް ނުވަތަ ސްމާޓް ފޯނު ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސިލަތެއްކަން ޔަޤީނެވެ. ކޮންމެ ކުލާހަކަށް ވަކި ޓީޗަރަކު އައުމުގެ ބަދަލުގައި އެއްވަޤުތަކު ،އެއް ޓީޗަރަކު އެތައް ކުލާހަކަށް ކިޔަވައިދިނުމުގެ ފަސޭހަކަން ލިބިގެން ދާނެއެވެ. އޭރުން ޓީޗަރުން ނުލިބިގެން ، ކުދިންތަކެއް ކިޔެވުމުން މަހްރޫމުވެގެން ދާން ނުޖެހޭނެކަން ޔަޤީނެވެ. އަތޮލުތަކުގައި ކިޔަވާ ދަރިވަރުން ވެސް އޭރުން އެކުދިބައެއްގެ ރަށުގައި ތިބެގެން ، މާލޭގައި ކިޔަވައި ދެއްވާ މުދައްރިސް ނަންގައިދެއްވާ ކުލާސްތަކުގައި ބައިވެރިވެ ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ނިންމުން
         މަލްޓިމީޑިޔާގެ ސަބަބުން ކިޔަވައިދިނުމަށް ވަނީ ހީނުކުރާފަދަ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. އަދި ކުރިމަގުގައި އިތުރު ހެޔޮ ބަދަލުތަކެއް އަންނާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއްނޫނެވެ. ސްމާޓްބޯޑު ފަދަ ވަސީލަތްތައް ބޭނުން ކޮށްގެން ކިޔަވައި ދިނުމުން ކުދިންގެ ޝައުޤުވެރިކަން އިތުރުވެ ކިޔެވުމަށްދޭ ސަމާލުކަންވެސް އިތުރު ވެގެން ދެއެވެ.
[މަލްޓިމީޑިއާ ފޮރ ޓީޗާސް] މިމާއް    ދާގެ ސަބަބުން  ކުރިން ނޭނގޭ ވަރަށް ގިނަ ކަންތައްތަކެއް އެނގިގެން ހިގައްޖެއެވެ. އަދި ކުދިން ޝައުޤުވެރިވާފަދަ ގޮތަކަށް ފިލާވަޅުތައް ހުށައަޅައި ދެވިދާނެ ގިނަ ގޮތްތަކެއް އެނގިގެން ދިޔަކަމީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފައިދާއެއްކަން ޔަޤީނެވެ. އަދި  އަޅުގަނޑުމެންގެ ގްރޫޕްގެ ފަރާތުން ތައްޔާރު ކުރި [ވެބްލަރނިންގ] ގެ ސަބަބުންވެސް  ވަރަށް ގިނަ ކަންތައްތަކެއް އެނގިގެން ދިޔައެވެ. އޭގެ ތެރޭގައި ސްމާޓްބޯޑު ބޭނުން ކޮށްގެން ފިލާވަޅު ކުރިއަށް ގެންދާނެ ފަސޭހަ އަދި ކުދިން ޝައުޤުވެރި ކުރެވޭނެ ގޮތްތަކެއް ދަސްވެގެން ދިޔައެވެ.
ރެފަރެންސް
Mohler, J. L. (2001). Using interactive multimedia technologies to improve
student understanding of spatially dependent engineering. Retrieved
October 11, 2012, from
http://www.stanford.edu/dept/SUSE/projects/ireport/articles/3D/spatially%2
0dependent.pdf
Leading online learning . (2012). Retrieved October 10, 2012, from
އިބްރާހިމް ނިސްރީން (2013) [މަލްޓިމީޑިއާ ފޮރ ޓީޗާސް] އަތްމަތީ ކަރުދާސް